ads
ޕަވަން ކަލިޔާން
ޕަވަން ކަލިޔާންގެ 8 އަހަރުގެ ދަރިފުޅު ފިހިއްޖެ
ސިންގަޕޫރުގައި ހުންނަ ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އިންޑިއާގެ އާންދުރަ ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އަދި މަޝްހޫރު ޓެލުގޫ އެކްޓަރު ޕަވަން ކަލިޔާންގެ 8 އަހަރުގެ ދަރިފުޅު މާކް ޝަންކަރު ފިހިއްޖެއެވެ.
Advertisement

އަންގާރަ ދުވަހު ހެނދުނު ސިންގަޕޫރު ގަޑިން 9:45 ހާއިރު ހިނގި މި ހާދިސާގައި މާކް ޝަންކަރުގެ އަތާއި ފައިގައި ފިހިފައިވާއިރު، ދުމުގެ ސަބަބުން ނޭވާލުމަށް ދަތިވެފައިވާކަމަށް ޖަނަ ސޭނާ ޕާޓީން ބުނެފައިވެއެވެ. މިވަގުތު އޭނާގެ ހާލަތު ސްޓޭބަލްކޮށް ހުރިނަމަވެސް، ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދާކަމަށް އެ ޕާޓީން ބުންޏެވެ. 

ސިންގަޕޫރު ސިވިލް ޑިފެންސް ފޯސްގެ މައުލޫމާތުން އެނގޭގޮތުން މި ހާދިސާގައި ތިން ބުރީގެ އިމާރާތެއްގެ ދެވަނަ އަދި ތިންވަނަ ބުރިއަށް އަލިފާން ރޯވެފައިވާއިރު، 15 ކުދިންނާއި 4 މީހުން ހިމެނޭގޮތަށް ޖުމްލަ 19 މީހުން ހޮސްޕިޓަލްގައި ފަރުވާ ދެމުންއެބަ ގެންދެއެވެ. މާކް ޝަންކަރަކީ ޕަވަން ކަލިޔާންގެ ތިންވަނަ އަނބިމީހާ އަންނާ ލެޒްނެވާއާ އަށް 2017 ވަނަ އަހަރު ލިބުނު ދަރިފުޅެވެ. ހާދިސާ ހިނގިއިރު ޕަވަން ކަލިޔާން ހުރީ އާންދުރަ ޕްރަދޭޝްގެ އަލޫރި ސިތާރާމަ ރާޖު ޑިސްޓްރިކްޓްގައި ރަސްމީ ދަތުރެއްގައެވެ.

ހާދިސާގެ ހަބަރު ލިބުމާއެކު ޕަވަން ކަލިޔާން ވަނީ ރަސްމީ ދަތުރު ކުރުކޮށްލައި ސިންގަޕޫރަށް ދިއުމަށް ނިންމާފައެވެ. ނަމަވެސް ދަތުރު ކުރުކޮށްލުމުގެ ކުރިން ކުރިދީ ރަށުގެ ގަބީލާ މީހުންނާ ބައްދަލުކުރުމަށް ކުރިން ރާވާފައިވާ ބައްދަލުވުން ކުރިއަށް ގެންދިޔައެވެ. މި ހާދިސާއާ ގުޅިގެން އާންދުރަ ޕްރަދޭޝްގެ އެޑިއުކޭޝަން އެންޑް އައިޓީ މިނިސްޓަރު ނާރާ ލޯކޭޝް ވަނީ ސޯޝަލް މީޑިއާގައި ޕަވަން ކަލިޔާންގެ ދަރިފުޅަށް އަވަސް ޝިފާއަކަށް އެދި ޕޯސްޓްކޮށްފައެވެ. މާކް ޝަންކަރަކީ ޕަވަން ކަލިޔާންގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް