ads
ހޮޅޫ ބޯޓުން ގެއްލިގެން ހޯދަމުން އަންނަ 25 އަހަރުގެ މުޝްފިގު
މުޝްފިގު މަރު ސާބިތުކުރަން ފަށައިފި، މާދަމާ ކަށު ނަމާދު ނުކުރެވިދާނެ: ކޯޓް
ހޮޅުދޫ ބޯޓްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މަރު ސާބިތުކުރުމުގެ މަސައްކަތް ކޯޓުން ފަށައިފިއެވެ.
Advertisement

މުޝްފިގު މައްޗަށް މިދިޔަ ހުކުރު ނަމާދަށްފަހު އޭނާގެ އުފަން ރަށް މާވަށުގައި ކަށު ނަމާދުކުރަން ނިންމިއެވެ. ކައުންސިލުން އެގޮތަށް ނިންމާފައިވަނީ 25 އަހަރުގެ ޒުވާނާގެ މަރުވީކަމަށް ބަލާ އޭނާގެ އާއިލާގެ އެދުމެގެ މަތިންނެވެ. އެހެންމަވެސް އެކަމުގައި ދީނުގައި އޮންނަ އުސޫލޫތައް އިސްލާމިކް މިނިސްޓަރު ޝަހީމް ހާމަކުރުމުން މިއަދު ކަށު ނަމާދު ބާއްވާފައެއް ނުވެއެވެ.

މުޝްފިގްގެ މަރު ސާބިތުކުރުމުގެ މަސައްކަތް ކުރަނީ އޭނާގެ އުފަން ރަށް ލ މާވަށު ކޯޓުން ނެވެ. އެކޯޓުން މި މައްސަލަ ފަށާ ރޭ ވަނީ  ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. މިއަދުވެސް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. 

ކޯޓުން ބުނީ މައްސަލަ ބަލަމުންދާތީ މާދަމާ މުޝްފިގްގެ ކަށުނަމާދު ކުރެވޭނެ ކަމަކަށް ނުބެލޭ ކަމަށެވެ. އަދި މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ސުވާލުކުރަންހުރި ކަންކަމާ ގުޅިގެން ސުވާލުކުރާނެ ކަމަށް ކޯޓުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް