
ވަރަށް ވައިގަދަ، ކަނޑުތައްވެސް އެހާ ގަފަ މެޓުން ޔެލޯ އެލާޓް ނެރެފި
މުހައްމަދު އާދަމް އަހްމަދު
09 އޭޕްރީލް 2025 - 11:08:19
ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
އެ އިދާރާއިން އެލާޓް ނެރެފިފައިވަނީ މާލެ އަތޮޅުން ފެށިގެން ހައްދުންމަތީގެ ރަށްތަކާއި ހަމައަށެވެ. މެޓުން ޔެލޯ އެލާޓް ނެރެފައިވަނީ 10:45 އިން ފެށިގެން 14:00 ޖެހުމާއި ހަމައަށެވެ.
މި އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އެ އިދާރާއިން ބުނީ ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު، ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް