ads
ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ރައީސް މުއިއްޒު
ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމު: ރައީސް
ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ އެއްބާރުލުން މުހިންމުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ސިޑްސްގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ ކޯޗެއާގެ ހައިސިއްޔަތުން ބައްދަލުވުން އިފްތިތާހުކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް (ސިޑްސް) ކުރިމަތިވެފައިވާ ދަރަނީގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސާވިސް (ޑީއެސްއެސްއެސް)އަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޖަޒީރާ ގައުމުތަކުގެ ދަރަނީގެ މައްސަލަ ހައްލުކުރުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އިތުރުން، މޫސުމީ ގެއްލުންތަކުން އަރައިގަތުމާއި ތިމާވެށި ހިމާޔަތްކުރުމާވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުން ދަރަނި އަނބުރާ ދެއްކުމާ ކުރިމަތިލަމުންދަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގެ ތެރޭގައި ކަމަށް ފާހަގަކުރެއްވިއެވެ. ކޮންމެ ގައުމެއްގެ ހާލަތަށް ވަކިވަކިން ރިއާޔަތްކޮށްގެން، ދަރަނި ލުއިކޮށްދިނުމުގެ ނިޒާމެއްގެ މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ބައިނަލްއަގްވާމީ ކޮންފަރެންސް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައްދަލުވުމަކީ (އެފްއެފްޑީ4) ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޑީއެސްއެސްއެސް ޕްރޮމޯޓްކޮށް ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ މިންވަރަށް ގެނައުމަށް ލިބޭ "ރަން ފުރުސަތެއް" ކަމަށެވެ. މި އިސްނެގުމަށް ގިނަ ގައުމުތަކުން މިހާރުވެސް މަރުހަބާ ކިޔާފައިވާއިރު، ދަރަނި ލުއިކުރުމުގެ އީޖާދީ ވިސްނުންތަކާއި ލުއި ގޮތަކަށް ފައިނޭންސިން ހޯދުމުގެ މަސައްކަތް އާ ހަރުފަތަކަށް ގެންދިޔުމަށްޓަކައި ބައިނަލްއަގްވާމީ އެއްބާރުލުމާއި ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް