ads
ރައީސް މުއިއްޒު ލިވަޕޫލް ފުޓްބޯޅަ ދަނޑަށް ޒިޔާރަތްކުރެއްވުން
ލިވަފޫލަށް ރައީސް ކުރެއްވި ދަތުރަށް ބަޖެޓުން 1ލައްކަ 53 ހާސް ހަރަދުވި
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލް ކުރެއްވި ދަތުރަށް ދައުލަތުން ބަޖެޓުން 1 ލައްކަ 53 ހާސްހަށް ވުރެ ގިނަ ރުފިޔާ ހަރަދުވެއްޖެއެވެ.
Advertisement

ރައީސް އިނގިރޭސިވިލާތަށް ދަތުރުކުރެއްވީ މިމަހުގެ އެކަކުން ފަހަކަށެވެ. މި ދަތުރަކީ ލިވަޕޫލް ފުޓްބޯލް ކްލަބާއި ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ. 

ރައީސް އޮފީހުން މިއަދު ބުނީ މި ދަތުރަށް ރައީސް އޮފީހުގެ ބަޖެޓުން 153،689.92 ( އެއްލައްކަ ފަންސާސް ތިންހާސް ހަސަތޭކަ އަށްޑިހަ ނުވަ ރުފިޔާ /ނުވަ ދިހަ ދެލާރި )  ހަރަދުކޮށްފައިވާ ކަމަށެވެ. 

ރައީސްގެ މި ދަތުރުފުޅުގައި، ރާއްޖޭގެ ޓޫރިޒަމް ކެމްޕެއިން ފެށި ފުޓުބޯޅަ މެޗު ބައްލަވާލެއްވިއެވެ. އަދި، އަކްސާ ޓްރެއިނިންގް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެންމެ މަތީ ފެންވަރުގައި ފުޓުބޯޅައިގެ ތަމްރީނާއި ކޯޗިންގްގެ ކަންކަން ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވިއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާ ގުޅޭގޮތުން ރައީސް އޮޅުންފިލުއްވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި، ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އަދި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ލިވަޕޫލް އެފްސީއާއެކު ގާއިމުކުރި ޕާޓްނަރޝިޕްގެ ދަށުން، މާރިޗު މަހުގެ 27 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސް އިން ވަނީ އިނގިރޭސިވިލާތުގައި ފުޅާ ދާއިރާއެއްގައި އައުޓްޑޯ ކެމްޕެއިނެއް ވެސް ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް