
ރައްޔިތުންނާއިއެކު ނަމުގައި ރައީސް ފައްޓަވާ ޕޮޑްކާސްޓްގެ ތެރެއިން
ރައީސްގެ ޖަވާބުގެ ތިންވަނަ އެޕިސޯޑް މިއަދު 1 ޖަހާއިރު
މުހައްމަދު އާދަމް އަހްމަދު
10 އޭޕްރީލް 2025 - 11:57:50
ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑް މިއަދު އޮންނާނެއެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މައުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ހިޔާލުތަކާއި ސުވާލުތަކަށް ޖަވާބުދެއްވުމަށް ފެށި ޕޮޑްކާސްޓެއްކަމަށް ރައީސް އޮފީހުން ބުނެެެެެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ ތިންވަނަ އެޕިސޯޑް މިިއަދު އާއްމުކުރަން ވަނީ ނިންމާފައެވެ. މި އެޕިސޯޑުވެސް އޮތީ މެންދުރު 1 ޖަހާއިރުކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޕޮޑްކާސްޓް ގެނެސްދޭނީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ޗެނަލްތަކުންނެވެ.
ޕޮޑްކާސްޓް ހޯސްޓަކީ ޓީވީއެމްގެ މަޝްހޫރު ކުރީގެ ޕްރެޒެންޓަރު އަހުމަދު ޝަކީބު (ޝަކީއްބެ) އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް