
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގެ މިއަދުގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ލޯނުގައި ކިޔަވާ ކުދިންނަށް ދޫކުރާ ފައިސާ ޑޮލަރަށް ބަދަލުކުރުމުން ލިބޭ ގެއްލުމުގެ ޝަކުވާ އެ ކުދިން ކުރަމުން އަންނަކަމަށެެވެ. ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ފައިސާ ދޫކުރަނީ ދިވެހި ރުފިޔާއިންނެވެ.
ރައީސް މުއއިއްޒު ވިދާޅުވީ 1600 ދަރިވަރުން ރާއްޖޭން ބޭރުގައި ލޯނު ސްކީމުގައި ކިޔަވަމުން އަންކަމަށެވެ. އަދި ދާދީ ފަހުން އެމަނިކުފާނު އިނގިރޭސިވިލާތަށް ކުރި ދަތުރުގައި ބައްދަލުވި ދަރިވަރުން ބޭންކު ރޭޓްގައި ލޯން ސްކީމުގައި ޑޮލަރު ލިބޭނެ ގޮތެއް ހަމަޖައްސާދެވިދާނެތޯ އެދިފައިވާކަމަށެވެ. އަދި އެކުދިން ދެއްކީ ވަރަށް ރަނގަޅު ވަރަށް ޖާއިޒު ވާހަކައެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެކަން ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭންކަށް މާރުކުރާ ޑޮލަރުގެ ތެރެއިން އެކުދިންގެ ކަންބޮޑުވުމަށް ހައްލު ގެނެސްދެއްވާނެކަމަށެވެ. އެކަންވާނީ ސީދާ ކޮންދުވަހަކު ކަމެއް ބުނަން ނޭގުނު ނަމަވެސް އެ އަމާޒަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.