
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް ކުރިއަށްގެންދަވާ ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ މައިގަނޑު ގޮތެއްގައި އޮތީ ދެ ޝަކުވާއެއް ކަމަށެވެ. އެގޮތުން އެއީ އެކުއިން ފޮނުވާ މެއިލްތަކަށް ޖަވާބު ނުދިނުމާއި ދަރިވަރުންގެ ސްޓައިޕެންޑު ފައިސާ ދޫނުކުރުމާއި ޓިއުޝަން ފީ ނުލިބުންކަމަށެވެ.
މި ޝަކުވާތަކާއި ގުޅިގެން މީހާތު މިހާރަށް ފިޔަވަޅު އަޅަން ފިނޭންސް މިނިސްޓަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރަށް އަންގަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކާދާއި ތެލަށްވުރެ އެމަނިކުފާނަށް މުހިއްމީ ދަރިވަރުންނަށް ބޭނުންވާ ފައިސާ ހަމަޖެއްސުންކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދަރިވަރުންގެ މެއިލްތަކަށް ޖަވާބު ނުދޭ މައްސަލަ ހައްކުކުރުމަށްވެސް ފިޔަވަޅުތަކެއް އަޅަން މިނިސްޓަރަށް އިރުޝާދު ދީފައިވާކަމަށެވެ.