ads
ޗައިނާ ޓޫރިސްޓުން
ޓޫރިސްޓުންގެ އަދަދު 700,000 އާ ގާތަށް: 11.3 ޕަސަންޓާއެކު އެއްވަނައިގައި ޗައިނާ
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 700,000 އާ ގާތްވެއްޖެއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް 693,949 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.7 ޕަސަންޓު އިތުރު އަދަދެކެވެ.

މިވަގުތު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން 78,285 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، އެއީ ޖުމުލަ ޓޫރިސްޓުންގެ 11.3 ޕަސަންޓެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 75,448 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތުން 73,280 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި މިވަގުތު ރާއްޖޭގައި ޓޫރިޒަމަށް 1,196 ތަނެއް ހިންގަމުންދެއެވެ. އޭގެތެރޭގައި 175 ރިސޯޓާއި 842 ގެސްޓްހައުސްގެ އިތުރުން 156 ސަފާރީ އާއި 15 ހޮޓާ ހިމެނެއެވެ. މި ތަންތަނުގައި ޓޫރިޒަމަށް 63,147 އެނދު އޮޕަރޭޓްކުރެވެއެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި 578,148 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ މި މުއްދަތުގައި 656,828 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް