ads
ސުޕްރީމް ކޯޓުން ސަސްޕެންޑު ކުރި ފަނޑިޔާރުން އަދި އިތުރު ބައެއް ފަނޑިޔާރުން
ސުޕްރީމް ކޯޓުގެ މިނިވަންކަމަށް ނުރައްކާވެދާނެކަމަށް އދ ގެ މާހިރަކު ބުނެފި
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި އެ ފަނޑިޔާރުންނާ ދެކޮޅަށް ހިންގާ އަޑުއެހުންތަކަކީ ކޯޓުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް އދ. ގެ (ރެޕެޓުއާ) މާހިރަކު ބުނެފިއެވެ.
Advertisement

ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕެޓުއާ މާގަރެޓް ސެޓަވެއިޓް ވަނީ މި ކަންބޮޑުވުން ފާޅުކޮށް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދަށުން ރާއްޖޭގެ ގާނޫނީ ނިޒާމަށް ނުފޫޒު ފޯރުވަމުންދާކަމުގެ ބިރު އޮތްކަމަށް ބުނެފައެވެ.

އދ. ގެ މާހިރު އޭޕްރިލް 17 ވަނަ ދުވަހު އެކްސް ޕްލެޓްފޯމުގައި ޕޯސްޓްކުރި ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހަރަކާތްތަކުން ބާރުތައް ވަކިކުރުމުގެ އުސޫލު ނެތިގެން ހިނގައިދާނެކަމަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރިން ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ބޭފުޅުންގެ ބާރުގެ ސަރަހައްދުން ބޭރަށް ގޮސްފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ރާއްޖެ 2008 ވަނަ އަހަރު ގިނަ ޕާޓީތަކުގެ ޑިމޮކްރަސީއަކަށް ބަދަލުވުމަށްފަހު ގާނޫނީ ނިޒާމުގެ މިނިވަންކަން ދެމެހެއްޓުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 2013 ވަނަ އަހަރު އދ. ގެ ރިޕޯޓެއްގައި ފަނޑިޔާރުގެއަށް ބޭރުގެ ނުފޫޒު ފޯރުވުމުގެ ނާޒުކުކަން ފާހަގަކޮށްފައިވެއެވެ. 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނެފައިވަނީ މިއީ ގާނޫނީ ނިޒާމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށެވެ. 2023 ވަނަ އަހަރު ރައީސް މުއިއްޒު އިންތިހާބުވުމަށްފަހު މި ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، އިދިކޮޅު ފަރާތްތަކާއި އެކްޓިވިސްޓުން ތުހުމަތުކުރަނީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް އަމާޒުކޮށް ބާރު އެއްކުރަމުންދާ ކަމަށެވެ.

މިދިޔަ މާޗު މަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލިގޮތަކަށް ސަސްޕެންޑުކޮށްފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާއާއި، މަހާޒު ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ޓީމުން ވަނީ ބުރާސްފަތި ދުވަހު ނިންމާފައެވެ. އަދި ހުސްނުއްސުއޫދު ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް