
ފުލުހުންގެ ޕޮލިސް ސީނިއާ ސާޖެންޓް އަބްދުﷲ ޝަހުނީޒް އެސްއެސް ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވީ، ގިނަ ފަހަރަށް ސްކޭމްގެ ފައިސާ ދައުރުކުރުމުގައި ގޮތްނޭނގި ނަމަވެސް އާންމުން ބައިވެރިވާ ކަމަށެވެ.
ސްކޭމްގެ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ވަރަށް ބޮޑަށް ސެންޓްރަލައިޒް ކޮށްގެން ކަމަށް ޝަހުނީޒް ވިދާޅުވިއެވެ. އަދި ވަކި ސެންޓަރެއްގެ ގޮތުގައި ހިންގަން ފެށިފަހުން ރިކަވަރީ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށާއި، މިއަހަރު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ތިން ލައްކަ ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
ސްކޭމްގެ މައްސަލަތައް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ ކޯލް ސެންޓަރެއް ގާއިމް ކޮށްފައެވެ. ސްކޭމެއްގައި ޖެހޭ ހާލަތެއްގައި، ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.