ads
މިމަހު 24 ގައި އޮންނަ އަހާ ފޯރަމްގައި ބައިވެރިވާ ވަޒީރުން
ފަސް ވަޒީރުންނާއި އެކު "އަހާ ފޯރަމް" މިމަހު 24ގައި
އާއްމުންގެ ސުވާލުތަކަށް ވަޒީރުން ޖަވާބު ދިނުމަށް ބާއްވަން ފެށި "އަހާ ފޯރަމް" އިތުރު ފޯރަމެއް މިމަހުގެ ބާއްވަން ތާވަލުކޮށްފިއެވެ.
Advertisement

ވަޒީރުންނާއި ސުވާލުކުރެވޭ އަހާ ފޯރަމަކީ ސަރުކާރުން ކޮންމެ ދެ މަހަކުން އެއް މަހު ބާއްވާގޮތަށް ނިންމާ ފެށި ފޯރަމެކެވެ. އެހެންނަވެސް ދެ ފޯރަމެއް ބޭއްވުމަށްފަހު 10 މަސްދުވަހަށް ފަހު އަލުން ފޯރަމެއް ބޭއްވީ މިއަހަރުގެ ފެބްރުއަރީ މަހު 15 ވަނަދުވަހުއެވެ. 

މި ސިލްސިލށާގެ އާ ފޯރަމެއް މިމަހުގެ 24 ވަނަ ދުވަހު ބާއްވަން މިހާރު ވަނީ ނިންމާފައެވެ. މި ފޯރަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ވަޒީރުން ޖަވާބު ދޭނެއެވެ. 

ދެން އޮންނަ ފޯރަމްގައި ބައިވެރިވާ ވަޒީރުން 

  • އަހްމަދު އުޝާމް / ބަންޑާރަ ނައިބު 
  • އަލީ އިހްސާން / ހޯމް މިނިސްޓަރު
  • ޑރ. މަރިޔަމް މާރިޔާ / ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު 
  • ޑރ. އިސްމާއިލް ޝަފީއު  / އެޑިއުކޭޝަން މިނިސްޓަރު 
  • އާދަމް ނަސީރު އިބްރާހިމް / ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު 

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ގެންދާ މި ފޯރަމްގައި ބައިވެރިވާ ވަޒީރުންނާއި ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ހުށައެޅުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެސްއެމްއެސްކޮށް ސުވާލު ފޮނުވާނީ AH (space) Suvaalu މިހެން ޖެހުމަށްފަހު 300 އެވެ. 

ވަޒީރުންގެ ފޯރަމުގެ އިތުރުން ކޮންމެ ތިން މަހަކުން އެއް މަހު ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްވެސް ހާއްސަ ފޯރަމެއް ރައީސް އޮފީހުން ފެށިއެވެ. އެހެންނަމަވެސް ރައީސް ބައިވެރިވަޑައިގެންނެވި މިހާތަނަށް ބޭއްވި އެންމެ ފޯރަމެކެވެ. އެ ފޯރަމް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް