ads
ފުލުހުންގެ ލައިނެއް
ނޭޕާލް މީހަކު ބަންގާޅު މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ނޭޕާލް މީހަކު ބަންގާޅު މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
Advertisement

ފުލުހުން ބުނީ މި ދެމީހުންގެ މެދުގައި މާރާމާރީ ހިނގާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ކެފޭއެއްގެ ތެރޭގައިކަމަށެވެ. 

ފުލުހުން ބުނީ، އެ ކެފޭގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލައިގެ ރިޕޯޓް ލިބުނީ ރޭ 10:08 ހާއިރުކަމަށެވެ. މާރާމާރީ ހިނގާފައި ވަނީ، ނޭޕާލާއި ބަންގްލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންގެ ދެމެދުގައިކަމަށްވެސް ފުލުހުން ބުނެއެވެ. 

މި މާރާމާރީގައި ބަންގްލަދޭޝް މީހާއަށް އަނިޔާވެ ހޮސްޕިޓަލްގައި ވަނީ ފަރުވާދީފައެވެ. އެހެންނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލާގައި މި މާރާމާރީގައި ހިމެނޭ ނޭޕާލު މީހާ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި އުޅޜޭ ބިދޭސީންގެ މެދުގައި މާރާމާރީތައް ވަނީ އިތުރުވެފައެވެ. މިގޮތުން އާޢްމުކޮށް މީހުން އެއްވާ ތަންތަނުގައިވެސް މި މީހުން އަންނަނީ ގްރޫޕް މާރާމާރީތައްވެސް ހިންގަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް