
ލ.ގަމު ލިންކު ރޯޑް، ފޮޓޯ: ހައުސިންގ މިނިސްޓްރީ
ލ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ގުފްތަގް އަޖީރު
12 އޭޕްރީލް 2025 - 13:59:49
ލ. ގަމާއި ފޮނަދުއާ ދެމެދު ހަދާފައިވާ ލިންކު ރޯޑުގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 30 އަހަރުގެ ޒުވާނަކު މިއަދު ހެނދުނު މަރުވެއްޖެ އެވެ.
މި އެކްސިޑެންޓުގައި މަރުވީ ލ. މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ.
އެކްސިޑެންޓު ހިނގީ ލިންކު ރޯޑުން މާންދޫ ގުޅުވައިދޭ ހިސާބުގައި ހުރި ބެންޑެއްގައެވެ. މި ސަރަހައްދަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާ ސަރަހައްދެކެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ ޒުވާނާ ދުއްވަމުން ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ، މަގުގެ އެއްފަރާތުގައި ޖެހިގެން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ.
ނައުޒަމް މަރުވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، މިއަދު ހެނދުނު 8:45 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް