ads
މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ދިވެހި ކުއްޖަކު ޒަހަމްވެއްޖެ
މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހި ދިވެހި ދަރިވަރަކު ވަރަށް ބޮޑަށް ޒަހަމުވެއްޖެއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިއަދު ފިލިޕީންސްގައެވެ. 

މި ހާދިސާގައި ޒަހަމްވެފައިވަނީ އެ ގައުމުގައި ޕައިލެޓްކަން ކިޔަވަމުން އަންނަ އަބްދުލް މާނިއު ކިޔާ ދިވެހި ދަރިވަރެކެވެ. ޓްރެއިންގައި ބޭނުންކުރާ މަތިންބޯޓްގެ ބުރަފަތީގައި ޖެހި އެ ދަރުވަރުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާކަން ވަނީ އެނގިފައެވެ. 

އެނގިފައިވާ ގޮތުގައި އޭނާ ބޯޓުގެ ބުރަފަތީގައި ޖެހިފައިވަނީ އޭނާ ދުއްވި ބޯޓު ޖެއްސުމަށްފަހު އޭއިން ފައިބަނިކޮށް އަނބުރާ ގަނެގެން ވެއްޓުމުގެ ސަބަބުންނެވެ. އަދި އޭނާ ބޯޓުން ފޭބި ވަގުތު ބޯޓުގެ ބުރަފަތީ ނިވާނުލާކަމަށާއި އިންސްޓްރަކްޓަރު ބޯޓުގައި އިންކަމަށްވެއެވެ. 

ޒަހަމްތައް ލިބުނު ޒުވާނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް