ads
މޯލްޑިވިއަން އެއާބަސް
މޯލްޑިވިއަންއަށް އިތުރު އެއާބަސް ބޯޓެއް ހޯދަން އަލުން އިއުލާނުކޮށްފި
ގައުމީ އެއާލައިން، މޯލްޑިވިއަންއަށް އިތުރު އެއާބަސް މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

އައިލެންޑް އޭވިއޭޝަނުން މިިދިޔަ ފެބްރުއަރީ މަހު ވަނީ އެއާބަސް ހޯދުމަށް އިއުލާންކޮށްފައެވެ. އެހެންނަމަވެސް އެ އިއުލާން ބާތިލުކޮށް އަލުން ކުރި އިއުލާންގައި ބުނީ  އެއާބަސް އޭ 330-200 މަރުކާގެ މަތިންދާބޯޓެއް ހޯދަނީ ފަސް އަހަރު ދުވަހުގެ މުއްދަތައްކަމަށެވެ.

މަތިންދާބޯޓު ދޭން ބޭނުންވާ ފަރާތަކަށް އެކަމަށް އެދި މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ހުށައަޅަންޖެހޭނެކަމަށެވެ. 

މަތިންދާބޯޓުގައި ހުންނަންޖެހޭ ބައެއް ޝަރުތުތަކުގެ ތެރޭގައި ބިޒްނެސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަންޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. 

މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް ބައިނަލްއަގުވާމީ ގިނަ މަންޒިލްތަކަށް ދަތުރުތައް ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން އެ ދަތުރުތަކުގައި ބޭނުންކުރަން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނެސްފައިވަނީ މިއަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހުއެވެ. 264 މީހުންގެ ޖާގައިގެ އެއާބަސް އޭ330-200 މަތިންދާބޯޓުން މިހާރު ޗައިނާގެ ތިން މަންޒިލަކަށާއި އެފްރިކާއަށް ދަތުރުތައް ވަނީ ފަށާފައެވެ. މީގެއިތުރުން ޖަރުމަނާއި އައްޑޫ ސިޓީއަށްވެސް މި ބޯޓުގެ ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް