ads
ތުރުކީން ރާއްޖެއަށް ހަދިޔާކުރާ މިސައިލް ފޮނުވޭ ވައްތަރުގެ މަަނަވަރެއް
ތުރުކީން ދިވެހިންނަށް ހަދިޔާކުރަނީ 44 އަހަރުވެފައިވާ ދުވަސްވީ މަނަވަރެއް
ތުރުކީން ދިވެހިންނަށް ހަދިޔާކުރަނީ 44 އަހަރުވެފައިވާ ދުވަސްވީ މަނަވަރެއްކަމަށް އެގައުމުން ނޫސްތަކުން ބުނެފިއެވެ.
Advertisement

މިސައިލް ފޮނުވާ ވައްތަރު މިސައިލް ބޯޓެއް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަން ތުރުކީގެ އަސްކަރިއްޔާއިން ހަވާލާފީ އެ ގައުމުން ނޫސްތަކުން ބުނީ އިއްޔެއެވެ. އެއާއި އެކު ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާ ކަމަށެވެ. އަދި މި މަނަވަރުގެ ސަބަބުން ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނޭކަމަށެވެ. 

ތުރުކީގެ ނޫސްތަކުގައިވާ ގޮތުން އެ ގައުމުން ހަދިޔާ ކުރާ މަނަވަރަކީ 44 އަހަރުވެފައިވާ ދުވަސްވީ އުޅަނދެކެވެ. އެ މަނަވަރު ތުރުކީގެ އަސްކަރިއްޔާގެ ބޭނުމަށް  ތުރުކީ ނޭވީއަށް ނެރުނީ 1981 ވަނަ އަހަރުކަމަށެވެ. އަދި އެބޯޓަށް ގިނަދުވަސްވެފައި ވުމުން އެ ބޯޓު މިހާރު ބޭނުންކުރަމުން އަންނަނީ ތަމްރީނުތަކުގައި ބޭނުންކުރާ  މަނަވަރެއްގެ ގޮތުގައިކަމަށްވެސް ތުރުކީގެ ނޫސްތަކުން ބުނެއެވެ.

ޖަރުމަނުގެ ކުންފުންޏަކުން ޑިޒައިންކުރި އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ އެ މަނަވަރެވެ. އަދި އެ ބޯޓްތައް ބޭނުންކުރުުން ހުއްޓާލާ ތަމްރީނުތަކުގައި ބޭނުންކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންކަމަށް ތުރުކީގެ ނޫސްތަކުން ބުނެއެވެ.

ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ކަމަށްވެސް ތުރުކީ އަސްކަރިއްޔާއިން ބުނެއެވެ.  މި މަނަވަރު ރާއްޖެ ގެނައުމުގެ ކުރިން އިސްތަންބޫލްގައި ހުންނަ އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބޯޓްޔާޑެއްގައި މަރާމާތު ކުރާނެކަމަށް ވަނީ ބުނެފައެވެ. އަދި ބޯޓު ރާއްޖެ ގެންނާނީ ކަނޑު މަގުން ޑޮކް ލޭންޑިން ބޯޓެއް މެދުވެރިކޮށްކަމަށްވެސް ތުރުކީން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް