ads
ތުރުކީން ހަދިޔާ މަނަވަރު ބޭނުންކުރަން ދިވެހި ސިފައިން ތަމްރީނުކުރަނީ
މަނަވަރުގެ ބޭނުމަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން: ޑިފެންސް
ތުރުކީ ވިލާތުން ހަދިޔާކުރާ މަނަވަރު ސިފައިންގެ ހިދުމަތަށް ތައާރަފުކުރުމަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިސައިލް ފޮނުވާ ވައްތަރު މިސައިލް ބޯޓެއް ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވާކަން ތުރުކީގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. މި މަނަވަރު ރާއްޖެއަށް ހަދިޔާކުރަނީ ދެ ގައުމުގެ ދެމަދުގައި ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުންކަމަށެވެ. އަދި ރާއްޖެއަށް ހަދިޔާކުރަން ނިންމާފައިވަނީ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެއް ކަމަށްވެސް ތުރުކީ އަސްކަރިއްޔާއިން ބުނެއެވެ. 

މި މަނަވަރު ހަދިޔާ ކުރުމާއި ގުޅިގެން ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފުކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމާތްތެރިކަން ކަށަވަރުކުރުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖްތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުންކަމަށެވެ. އަދި މީ ސިފައިންގެ އެމްމެ މަތީވެރިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ހާސިލްވުމަށް ނެގުނު ވަރަށް މުހިއްމު ފިޔަވަޅެއްކަމަށްވެސް ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވެއެވެ.  

ކޯސްޓްގާޑުގެ ގާބިލްކަން ދެގުނަ ކުރުމަކީ ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިއެއްކަމަށްވެސް ޑިފެންސް ބަޔާނުގައިވެއެވެ. އަދި މިއީ ރަހުމަތްތެރި ގައުމަތަކާ ގުޅުންބަދަހި ކުރުމުގެ ނަތީޖާ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް