މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ވޭވްލެންތް ކުންފުންޏާ ހަވާލުކޮށްފަ އެވެ. ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު މުހައްމަދު އާތިފެވެ.
މި ފާލަން ތަރައްގީކުރަނީ ބޮޑު މުހައްމަދު ކަލޭފާނު ބަނދަރުގަ އެވެ. ފާލަން ފަރުމާކޮށްފައިވަނީ ހިޔާގަނޑަކާއެކު ފާލަމުގެ ތިން ފަރާތުން ލޯންޗްފަހަރަށް ފަސޭހަކަމާއެކު ގާތްކޮށް، އަރައި ފޭބޭނެ ގޮތަށެވެ. މި މަޝްރޫއުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ފާލަން ބޭނުންކުރުމުގެ އުސޫލެއް އެކުލަވާލައި ތަންފީޒުކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;