ads
ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
ފަސްދޮޅަސް އަހަރުން މަތީގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ލައިސަންސެއް ނަގަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
Advertisement

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއި އެކު ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ނަގަން ޖެހޭނެއެވެ. 

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވައިފުގައި ކުރިން އޮންނަ ގޮތުން އުމުރުން ދުވަސްވީ މީހުން ވަކި ލައިސަންސެއް ނަގާކަށް ނުޖެހެވެ.  

އަލަށް ތައާރަފުކުރި ގޮތުން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިންސަންސް ނަަގަން ޖެހެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތުގެ ހުންނަ ނުކުޅެދުންތެރި ކަމަށް ބަލައި އާންމު އެހެން ލައިސެންސްތައް ދޫކުރުމުގައި އަމަލު ކުރާ އުސޫލުތަކާއި ޝަރުތުތަކުން އިސްތިސްނާ ދިނުމުގެ އިހުތިޔާރުވެސް ވަނީ މި ގަވައިދުން ދީފައެވެ.

60 އަހަރުން މަތީގެ މީހުން ލައިސަންސް ނަގަން ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔާދިނުމަށް ވަނީ ނިންމާފައެވެ. 

އެ ލައިސެންސްގެ ދަށުން ދުއްވޭނީ 60 ސީސީން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް ދޫކުރާ ލައިސެންސްގެ މުއްދަތަކީ 10 އަހަރުކަމަށްވެސް އުސޫލުގައި ވަނީ ބުނެފައެވެ. ގަވައިދަށް ގެނައި އިސްލާހުގައި ވާ ގޮތުން މި ލައިސަންސަކީ މުއްދަތު ހަމަވުމުން އައު ކުރެވޭ ލައިސެންސެއް ނޫނެވެ. އަލުން ލައިސަންސް ބޭނުންނަމަ ޖެހޭނީ އަލުން އިމްތިހާނުގައި ބައިވެރިވެ ފާސްވާށެވެ.އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވައިފާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ވަނީ ދީފައެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް