މީގެ ކުޑައިރުކޮޅެއް ކުރިން މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅެމާލޭ ފޭސް އެކަކާއި ފޭސް ދޭއް ގުޅުވާދޭ ތިންވަނަ ބްރިޖުކައިރީއެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
އެކްސިޑެންޓްވީ ބްރިޖަށް އަރަން ބާރަށް ދިޔަ ދެ ކާރު ޖެހިގެންނެވެ. އަދި އެއްކާރު ކޮންޓްރޯލް ނުވެ ގޮސް މަތަވީ ބްރިޖުގެ އަރިމަތީ ފެންސަށް އެރުމަށްފަހުއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ.