
މި ދަތުރުތައް ދެނީ އުރީދޫން މިއަހަރު ފާހަގަކުރާ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ފަށާފައިވާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ތެރެއިންނެވެ.
މި ޕްރޮމޯޝަންގައި ބޮޑު އިނާމަކަށް ހުށައަޅާފައިވަނީ ހައްޖު ދަތުރެކެވެ. އޭގެ އިތުރުން ޖުމްލް 19 މީހަކަށް އުމްރާ ދަތުރުވެސް މި ޕްރޮމޯޝަންގައި ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި އުރީދޫގެ ޕްރިޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.
އުރީދޫ މިހާރު ބޭނުން ކުރާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއިން އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދަށް ވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރުކޮށްގެންނެވެ.
އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 400 ރުފިޔާ އިން މަތީގެ ބިލެއް ދައްކައިގެން ނުވަތަ އެ އަދަދުން މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ހިޔާރު ކޮށްގެންނެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ 20 ވަނަ އަހަރީ ދުވަހު ލޯންޗުކުރި "ލިވް އަންލިމިޓަޑް" އަކީ ހަމައެކަނި ޝިއާރެއް ނޫން ކަމަށާއި އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާއެކު ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަވެގެން ދިއުން ކަމަށް އެ ކުންފުނިން ބުނެއެވެ.