ads
ހުޅުމާލޭ
ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާރވިސްއަށް ދޫކުރަނީ
ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާރވިސްއަށް ދޫކުރުމަށް މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އަދި ކަރެކްޝަނަލް ސާރވިސްއާ ދެމެދު އެއްބަސްވުމަކަށް އައިސްފިއެވެ.
Advertisement

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ސެންޓްރަލް ޖަލު އަޅާ ނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާރވިސްގެ ބޭނުމަށް ބޭނުންކުރަމުން ގެންދިއުމަށް މަޝްވަރާކުރެވި އެއްބަސްވެވިފައިވެއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ހާމަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކުރުމާއެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅުމާލޭ ޖަލާއި އެ ސަރަހައްދުގައި ހުރި ބިން ވަގުތީގޮތުން ކަރެކްޝަނަލް ސާރވިސްގެ ބޭނުންތަކަށް ބޭނުންކުރެވޭނެއެވެ.

މި އެއްބަސްވުމަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ބުނެއެވެ. ސެންޓްރަލް ޖަލު އަޅާ ނިމުމުން، ރާއްޖޭގެ ޖަލުތައް އެއް ތަނަކަށް ބަދަލުކޮށް، ހިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ޖަލުތައް ބެލެހެއްޓުމަށް ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުޑަކުރެވި، ހިދުމަތުގެ ފެންވަރު މަތިކުރެވޭނެކަަމަށް ސަރުކާރުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް