
އެ ބޭފުޅުން ހާޒިރުކުރަނީ ރައީސް މުއިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކި މައްސަލައެއްގައެވެ.
ހުސައިން ވަހީދު ހާޒިރުވާން އަންގާފައިވަނީ މިއަދު ހަވީރު 4 އަށެވެ. އަދި މުހައްމަދު ވަހީދު ހާޒިރު ކުރަނީ މިއަދު މެންދުރު 2 ޖަހާއިރު އެވެ.
ރައީސް ދަރިކަލުންގެ ކަރާމަތަށް އުނިކަން ގެނައިކަމަށް ބުނެ ރައީސް އާއިލާގެ ފަރާތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމު ޒުބައިރަށް ދައުވާކުރަން ވަނީ ކޯޓަށް ހުށައަޅާފައެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސް ޑރ މުއިއްޒު ދަރިކަލުން އުމައިތް މުހައްމަދު މުއިޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.