
ސާޖިދާގެ ފަރާތުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ރެހެންދި ޗެމްބާސް އިންނެވެ. އެ ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ބުނީ މަރިޔަމް ޒުބެއިރު (މަންދީ) އާއި ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީެ މައްޗަށް ސިވިލް ކޯޓާއި ފެމެލީ ކޯޓުގައި ދައުވާކޮށްފައިވާކަމަށެވެ.
އެ ބަޔާނުގައިވަނީ މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ދައުވާ އުފުލީ ރައީސް ޑރ މުއިއްޒު ދަރިކަލުން އުމައިތް މުހައްމަދު މުއިޒަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފުސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތެއް މެދުވެރިކުރުވައި އުމައިރުގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ފަދަ ހާލަތެއް މެދުވެރުކޮށްފައި ވަތީ ކަމަށެވެ.
މި މައްސަލާގައި ސިވިލްކޯޓަށް ހުށައަޅާފައިވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިވާ އޮތުމުގެ ހައްގު ނިގުޅައިގެންފައިވާތީ އެ މައްސަލަކަމަށެވެ.
ފެމެލީ ކޯޓަށް ހުށައެޅި މައްސަލައަކީ ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެތިކަން ނިގުލައިގަތުމުގެ މައްސަލަކަމަށް ރެހެންދި ޗެމްބާސް އިން ބުނެއެވެ.
މި މައްސަލަތަކުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި އުޅުއްވަނީ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރް އެވެ.