
މި މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކުރަމުން އަންނަ، 3000 އަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރު ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް ބިނާކުރުމަކީ މިއަހަރުގެ ނިޔަލަށް ހާސިލުކުރަން ބޭނުންވާ އަމާޒެއްކަމަށް ވިދާޅުވިއެވެ. އަދި މިއަހަރު ތެރޭގައި 4 ވަރަކަށް މިސްކިތް ނިންމާ ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫއުތަކެއް ހުރީ ހުއްޓިފައިކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން އަތޮޅުތެރޭގައިވެސް ހުއްޓިފައި ހުރި މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މަސައްކަތްކުރަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫއެއް މިއަހަރު ކުރިއަށްގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.