އެ މިނިސްޓްރީން ބުނީ "ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ޤަވާޢިދު" ގެ ދަށުން، ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ލާޒިމުވާ ލައިސަންސްތައް ހޯދުމަށާއި، ރާއްޖެއަށް އަލަށް އެތެރެކުރާ ދުންފަތުގެ ބާވަތްތައް ރެޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ހުޅުވާލެވިފައިވާކަމަށެވެ.
މި ލައިސަންސަށް އެދި OneGov (ވަންގަވް) ޕޯޓަލް މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެޕްލިކޭޝަން ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.އަދި މިހާރު ދުންފަތުގެ ވިޔަފާރި ކުރައްވަމުން ގެންދަވާ ފަރާތްތަކުން މިއަދުން ފެށިގެން 3 މަސްދުވަހު ތެރޭގައި ލައިސަންސް ނަގަން މިނިސްޓްރީން ވަނީ އަންގާފައެވެ.
ލައިސެންސްތަކަށް ކަނޑައެޅިފައިވާ ފީތައް
ލައިސަންސްތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ފީ ދެއްކުމުން 5 އަހަރު ދުވަހުގެ މުއްދަތަކަށޤކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި ލައިސަންސް އައު ކުރައްވަން އެދޭ ފަރާތްތަކުން މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.
ދުންފަތް ވިޔަފާރިކުރަން ދޫކުރާ ލައިސަންސްތައް
ލައިސަންސްއަށް އެދި އެދި ހުށަހަޅާއިރު އެ ހިދުމަތަކާއި ގުޅޭގޮތުން OneGov (ވަންގަވް) ޕޯޓަލްގައި ޝާއިއުކޮށްފައިވާ "ސަރވިސް ގައިޑްލައިންސް އެންޑް ކަންޑިޝަންސް" އަށް ސަމާލުކަން ދިނުމަށް ހެލެތް މިނިސްޓްރީން ބުނެއެވެ. " ވަންގަވް" މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި އެއްވެސް މައްސަލައެއް ދިވާވެއްޖެނަމަ ވަންގަވް ހޮޓްލައިން ނަންބަރު 1500 ގުޅުމަށްވެސް ހެލްތް މިނިސްޓްރީން ބުނެއެވެ.