ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރަސްދޫ އަލިފާނުގެ ހާދިސާގައި ނިޔާވީ މުރުން 31 އަހަރުގެ އަލީ ޝާމިން
ރަސްދޫ ޒުވާނާ، ޝާމިންގެ ކަށުނަމާދު މާދަމާ މާލޭގަައި
ރަސްދޫއި ދެމަފިރިންގެ ތެރެއިން ފިރިހުނު ހާދިސާގައި ނިޔާވި އަލީ ޝާމިންގެ ކަށު ނަމާދު މާދަމާ މާލޭގައި ބާއްވަން ނިންމައިފިއެވެ.
Advertisement

އއ. ރަސްދޫގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އުމުރުން 31 އަހަރުގެ އަލީ ޝާމިން ނިޔާވީ މިމަހުހެ 14 ވަނަ ދުވަހުއެވެ. އެނާ ނިޔާވީ އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށެވެ. 

މި ހާދިސާގައި ފިހުނު ޝާމިންގެ އަންހެނުން ވަނީ ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ވަނަދުވަހު އައިޖީއެމްއެޗްގައި ނިޔާވެފައެވެ. 

ޝާމިންގެ މައްޗަށް މާދަމާ މާލޭގައި ކަށު ނަމާދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ގައިބަށް ކުރާ ކަށު ނަމާދު އޮންނާނީ މާދަމާގެ ހުކުރު ނަމާދަށްފަހު މަސްޖިދު މަލިކް ސަލްމާން ( ސަލްމާން ) މިސްކިތުގައެވެ. 

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަކީ އއ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ނަރުހަކާއި ބީއެމްއެލްގެ މުވައްޒަފެކެވެ.

ސާމިންގެ ނިޔާވުމުން ބީއެމްއެލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާއަކީ ހިތްވަރާއެކު މަސައްކަތް ކުރާ އޯގާތެރި ޒުވާނެއްކަމަށެވެ. އަދި އެއީ ބީއެމްއެލް ފުޓްސަލް ޓީމުގައިވެސް ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއްކަމަށެވެ. 

ރަސްދޫގައި ހިނގި  މި އަލިފާނުގެ ހާދިސާގައި އިތުރު މީހަކަށް އަނިޔާ ލިބިފައެއް ނުވެއެވެ. އަދި ގޭގެ އެ ކޮޓަރި ފިޔަވާ އިތުރު އެހެން އެއްވެސްތަނަކަށް ގެއްލުމެއް ލިބިފައި އެއް ނުވެ އެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް