މި ނިންމުން ނިންމީ މިރޭ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމާ ގުޅިގެންނެވެ. ޝަހީދު ވަކިވުމާއެކު މިއަދާ ހަމައަށް ވަގުތީ ގޮތުން ހައި ކޯޓު ހިންގެވީވެސް ފައިސަލް އެވެ. ފައިސަލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ ޖުލައި 24، 2018 ގައެވެ.
ފައިސަލް އަކީ ރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް އިން ޝަރީއަތާ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފަނޑިޔާރަކަށް ވެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ ވަކީލެއްގެ ގޮތުގައެވެ. މީގެ އިތުރުން އޭނާ ވަނީ ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާފައެވެ.