ads
ފަގީރުންނަށް ވަޒިފާ ހޯދައިދިނުމުގެ އެއްބަސްބުމުގައި ވެމްކޯއިން ސޮއިކުރަނީ
އަހަރެއްގެ ތެރޭ ވެމްކޯއިން 50 ފަގީރުންނަށް ވަޒީފާ ދެނީ
ފަގީރުންނަށް ވަޒީފާ ހޯދާދިނުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ފަށައިފިއެވެ.
Advertisement

 ވެމްކޯއިން އިން ވަނީ މިކަމުގެ އެއްބަސްވުމެއްގައި އިޖްތިމާއީ އަދި އާއިލީ ތަރައްހީއާ ބެހޭ ވުޒާރާ އެކު ސޮއިކޮށްފައެވެ. 

މި އެއްބަސްވުމުގެ ދަށުން ވަޒީހާ ހޯދާ ދިނުމަށް ނިންމާފައިވަނީ  'ހާލު ކިހިނެއް' ޕްރޮގްރާމްގެ ދަށުން ފާހަގަ ކުރެވޭ، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އިޤްތިސާދީ ގޮތުން ނިކަމެތި ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށްކަމަށް ވެމްކޯއިން ބުނެއެވެ. 

މި އެއްބަަސްވުމުގެ ދަށުން ކުރިއަށް އޮތް އަހަރު ތެރޭގައި މަދުވެގެން 50 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ވެމްކޯއިން ވަނީ ނިންމާފައެވެ. އަދި ކާމިޔާބީ ބަލައި، ކުރިއަށް އޮތް ތަނުގައި ވަޒީފާގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށްވެސް ވެމްކޯއިން ވަނީ އެއްބަސްވެފައެވެ. 

ވަޒީފާ ދިނުމުގައި ބަލާ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި، އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު ހިމެނެއެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އާއިލާތަކުގެ ފުދުންތެރިކަން އިތުރުކޮށް، އެހެން ފަރާތްތަކަށް ބަރޯސާވުން ކުޑަކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން ކުރިއަށްދެވޭނެ މަގު ތަނަވަސްކޮށްދިނުކަމަށް ވެމްކޯއިން ބުނެއެވެ. 

ކުނުއުކުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯއިން އަންނަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަމުންނެވެ. އެގޮތުން ކުނި އުކާލަ ދިނުމުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ފޮޅާ ސާފުކޮށްދިނުމުގެ މަސައްކަތްވެސް ވެމްކޯއިން ވަނީ ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް