ads
ރާއްޖެއިން މިއަދު ފެނުނު ކިނބޫ
ސިފައިން ނުކުމެ ކިނބޫ ހިފާ ހައްޔަރުކޮށްފި
މާލެ އަތޮޅުން މިއަދު ފެނުނު ކިނބޫ ސިފައިން ނުކުމެ ހިފާ ހައްޔަރުކޮށްފިއެވެ.
Advertisement

މިއަދުގެ ވަގުތެއްގައި މި ކިނބޫ ފެނުނީ މާލެ އަތޮޅުގައި ހިންގާ ރީތިރަށް ފަޅުގައި އޮންނަ "ވަރު ބައި އެޓްމޮސްފިއާ" ގެ ވޯޓާ ވިލާތައް ކައިރިންނެވެ.

މި ކިނބޫ ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އެ ވީޑިއޯތަކުން ފެންނަ ގޮތުގައި ރިސޯޓުގެ މޫދާ ދިމާލުން ބޭރުގައި ޖަހާފައިހުރި ހިލަ ގާތަކުގެ މަތިން ކިނބޫ މޫދަށް ފައިބައިގެންދާ ތަން ފެނެއެވެ. ވީޑިއޯއިން ފެންނަ ގޮތުން އެ ކިނބުލުގައި ގާތްގަޑަކަށް ފަސް ފޫޓް ހުންނާނެއެެވެ. 

އެމްއެންޑީއެފުން ބުނީ މި ކިނބޫ މިހާރު ހިފާފައިވާކަމަށެވެ. އަދި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ގައުމީ ދިފާއީ ބާރުން ބުނެއެވެ. އެހެންނަމަވެސް މި ކިނބުލުގެ ބޮޑުމިނެއް އަދި އެއަށޤ ހަދާގޮތެއް އެމްއެންޑީއެފަކުން ނުބުނެއެވެ.

އިރުވާއި މޫސުމާއި ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކިނބޫ އަންނަނީ ފެންނަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް