"ލަލަންޓޮޕް" އާއެކު ކުރި އިންޓަވިއުއެއްގައި އަނާޔާ ބުނީ، އޭނާ ޓްރާންސްޖެންޑާ އަންހެނެއްގެ ގޮތުގައި ހާމަކުރިފަހުން ނަން މަޝްހޫރު ކްރިކެޓް ކުޅުންތެރިން އޭނާއަށް ބޭއަދަބީ ފޮޓޯތަކާއި ނުއެދެވޭ މެސެޖްތައް ފޮނުވާފައިވާ ކަމަށެވެ.
އަނާޔާ އިތުރަށް ހާމަކުރި ގޮތުގައި އެއް ފަހަރު ތަޖުރިބާކާރު ކްރިކެޓް ކުޅުންތެރިއަކު އޭނާއަށް ޖިންސީ ގޮތުން ހުށަހެޅުމެއް ވެސް ހުށަހަޅާފައިވާ ކަމަށާއި، އަދި އެހެން ކުޅުންތެރިއަކު އާންމުކޮށް އޭނާއަށް އަނގަބަހުން ފުރައްސާރަކޮށްފައިވާއިރު، ފަހުން އަމިއްލަ ގޮތުން އޭނާގެ ފޮޓޯތަކަށް އެދިފައިވާ ބުންޏެވެ.
މިކަމުގެ ސަބަބުން އޭނާގެ ޖިންސު ބަދަލުކުރުމުގެ މަރުހަލާގައި ދިމާވި ގޮންޖެހުންތަކަށް އިތުރު ބުރަކަން އިތުރުވެފައިވާ ކަމަށް ބުންޏެވެ.