ads
އެމެރިކާގެ ރައީސް ޓުރަމްޕް
އެމެރިކާ ސަރުކާރަށް "ވަގުތާ ކުޅެވިދާނެ" ކަމުގެ ގާބިލުކަން އޮތްކަމަށް ބުނެފި
އެމެރިކާ ސަރުކާރަށް "ވަގުތާ ކުޅެވިދާނެ" ކަމަށް ވައިޓް ހައުސްގެ ސައިންސް އެންޑް ޓެކްނޮލޮޖީ ޕޮލިސީ އޮފީހުގެ ޑިރެކްޓަރު މައިކަލް ކްރެޓްސިއޯސް ބުނެފިއެވެ.
Advertisement

މިވާހަކަތަކާއި ގުޅުގެން ބައެއް މީހުން ވަނީ އެމެރިކާއިން ސިއްރު ހަތިޔާރެއް ގެންގުޅޭކަމަށް ބުނެފައެވެ. 

މި ވާހަކަތައް މައިކަލް ކްރެޓްސިއޯސް ދައްކާފައިވަނީ މިދިޔަ ހަފްތާގައި ޓެކްސާސްގެ އޯސްޓިންގައި ބޭއްވުނު އެންޑްލެސް ފްރޮންޓިއަރސް ރިޓްރީޓްގައެވެ. 

"އަހަރުމެންގެ ޓެކްނޮލޮޖީތަކުން ވަގުތާއި އަދި ސްޕޭސްއާ ކުޅެވިދާނެ. އެއިން ދުރުމިން ނައްތާލައި، ކަންކަން ކުރިއަރުވައި، އުފެއްދުންތެރިކަން އިތުރުކުރެވިދާނެ" ކަމަށް މައިކަލް ކްރެޓްސިއޯސް ބުންޏެވެ.

ނަމަވެސް، "ވަގުތާއި އަދި ސްޕޭސްއާއި ކުޅެވިދާނެ" ކަމަށް ބުނި ބުނުމަކީ ހަގީގަތުގައި މަޖާޒީގޮތުން ބުނި ބުނުމެއް ކަމަށް ބެލެވެއެވެ. 

މިއީ އެޑްވާންސްޑް ކޮމްޕިއުޓިން، އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ޓެލެކޮމިއުނިކޭޝަން ފަދަ ޓެކްނޮލޮޖީތަކުން ވަގުތާއި ދުރުމިން ކުރުކޮށްލެވޭ ގޮތަށް ކުރެވޭ އިޝާރާތެއް ކަމަށް ބެލެވެއެވެ. 

ހަގީގަތުގައި ކްރެޓްސިއޯސްގެ ވާހަކަތަކުގައި ފޯކަސްކޮށްފައިވަނީ އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް، ކުއަންޓަމް ކޮމްޕިއުޓިންގ، ބަޔޯޓެކް އަދި ސެމިކޮންޑަކްޓަރ ދާއިރާތަކުގައި ޓެކްނޮލޮޖީ ލީޑަރޝިޕް ހޯދުމަށް ކަމަށް ބެލެވެއެވެ.

ނަމަވެސް ވަގުތު ކޮންޓްރޯލު ކުރުމުގެ ގާބިލުކަން ހޯދުމަށް ސައިންސުވެރިން އަންނަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް