
ރޭ 23:41 ހާއިރު ހިނގި މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ. އެހެންނަމަވެސް އެކްސިޑެންޓުގައި ޕިކަޕަށް ވަނީ ގެއްލުންވެފައެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ކުޅުދުއްފުށި އެއާޕޯޓު ޓާމިނަލް ކައިރިން އިރަށް ގޮސް ކުޅި ކައިރިން ލަނބާލާ ކަންމަތި ގައި ޖެހިގެންކަމަށެވެ.
އެއާޕޯޓު ފެންސްއިން ގާތްގަނޑަކަށް 75 ފޫޓު އަރި އަޅާލާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ޕިކަޕް ދުއްވަން އިނީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި އޭނާ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސެއް ނޯންނަކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓް ވި ޕިކަޕް ޓޯކޮށް، މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށި ސިޓީ އެއާޕޯޓް ފެންސުގައި ޕިކަޕެއް ޖެހި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މިދިޔަ ޖެނުއަރީ 27 ހިނގި އެކްސިޑެންޓަގައި ޕިކަޕް ދުއްވަން އިނީ ކުޑަކުއްޖެކެވެ.