
ކަސްޓަމުން ބުނީ މިތަކެތި ރާއްޖެއަށް ވަގަށް ވައްދަން މަސައްކަތް ކުރީ އައްޑޫ ސިޓީ ގަން އިންޓާނޭޗަނަލް އެއާޕޯޓް މެދުވެރިކޮށް ކަމަށެވެ.
ކަސްޓަމުން ބުނީ ގަން އެއާޕޯޓަށް ވައްދަނިކޮށް އަތުލައިގެން ސިނގިރޭޓްގެ އަދަދަކީ 130،155 ކަމަށެވެ. އަދި މި ތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައިކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ދާދި ފަހުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީއިން ސިނގިރެޓް ބޭރުކުރަން އުޅުނު ބަޔަކުވެސް ހައްޔަރުކޮށްފައެވެ. އެކަމުގައި ބައިވެރިކަމުގެ ތުހުމަތުގައި އެއާޕޯޓްގައި ޑިއުޓީ އަދާކުރާ ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން އެއާޕޯޓްގައި މުވައްޒަފަކުވެސް ވަނީ އަތުލައިގެންފައެވެ.
އަދި ޑިއުޓީ ފުރީން ވަގަށް ސިނގިރޭޓް ނެރުމުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ބައިވެރިވާތީ އެ މައްސަލަ ބަލަމުން އަންނަކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.