
އުމުރުން 24 އަހަރުގެ ކިމް ވަނީ ކޯމޯ މާލިފުށީ ރިސޯޓުގައި ހޭދަކުރަމުންދާ ޗުއްޓީގެ ތެރެއިން ބިކިނީއެއްގައި ނެގި ފޮޓޯތަކާއި، އިރުގެ އަލިކަމުގައި ނެގި ސެލްފީތަކެއް ޝެއަރކޮށްފައެވެ. މި ފޮޓޯތައް ޝެއަރކޮށްފައިވަނީ ކިމްގެ ލޯބިވެރިއާ އުމުރުން 22 އަހަރުގެ ރޯމިއޯ ބެކަމް އޭނާގެ ބައްޕަ ޑޭވިޑް ބެކަމްއާއެކު ނެގި ފޮޓޯއެއް ޝެއަރކުރުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ރޯމިއޯ ބެކަމް ޝެއަރކުރި ފޮޓޯއަކީ އޭނާގެ މަންމަ ވިކްޓޯރިއާ ބެކަމްގެ 51 ވަނަ އުފަންދުވަހުގެ ޕާޓީގައި މަޔާމީގައި ނެގި ފޮޓޯއެކެވެ. ކިމް ޓާންބުލް ޝެއަރކުރި ފޮޓޯތަކުގެ ތެރޭގައި ކަޅު ބިކިނީއެއްގައި ނެގި ފޮޓޯއަކާއި، ރިސޯޓުގެ މޫދާއި ގޮނޑުދޮށުގެ މަންޒަރުތައް ހިމެނެއެވެ. ކިމްގެ ފޮޓޯތަކުން ފެންނަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ޓްރޮޕިކަލް މާހައުލުގެ ރީތިކަމެވެ.
ކިމް ޓާންބުލްއާއި ރޯމިއޯ ބެކަމް ވަނީ ފާއިތުވި 6 މަސްދުވަހު ގާތް ގުޅުމެއް ބާއްވާފައެވެ. މި މުއްދަތުގެ ތެރޭގައި ޓަކްސް އެންޑް ކައިކޯސްއަށާއި ޓަރކީއަށް ރޮމޭންޓިކް ދަތުރުތަކެއް ކޮށްފައިވެއެވެ. ރޯމިއޯ ކިމްއާއެކު ރާއްޖެއަށް ދަތުރުކުރިކަން ސާފުނުވިނަމަވެސް، ދެމީހުންގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން ދެމީހުންގެ ގާތް ގުޅުން ހާމަވެއެވެ. ކިމްގެ ރާއްޖޭގެ ޗުއްޓީގެ ފޮޓޯތަކަށް ގިނަ ބަޔަކު ވަނީ ކޮމެންޓްކޮށް ތައުރީފުކޮށްފައެވެ.