ads
މާލެއިން ތޮއްޑުއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އޭގައި ތިބި 25 މީހުން ސަލާމަތްކޮށްފި - ފޮޓޯ/ މެރިން ޕޮލިސް
ދިޔަވަމުން ދިޔަ ލޯންޗަކުން 25 މީހަކު ސަލާމަތްކޮށްފި
އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ދިޔަވަމުން ދަނިކޮށް ފުލުހުން އެ ލޯންޗުގައި ތިބި 25 މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.
Advertisement

ފުލުހުން ބުނީ މިއަދު ހަވީރު 5:30 ހާއިރު މާލެއިން އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗް ދިޔަވެ އަޑިއަށް ދާތީ އެ އުޅަނދުން ދަތުރުކުރި މީހުން ރައްކާތެރިކަމާއެކު މާލެ ގެނެސްފައިވާ ކަމަށެވެ.

މި ލޯންޗުން 25 މީހުން ދަތުރުކުރި އެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެ އެވެ.

މިދުވަސްވަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރު ކުރާފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރަން ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މެޓު އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ހުދު ސަމާލެއް ނެރެފަ އެވެ. އާންމު ގޮތެއްގައި މިއަދު ވައި ހުންނާނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ކަމަށް އެ އިދާރާއިން ބުނެ އެވެ. އެކަމަކު، ގަޑިއަކު 40 މޭލާ ވެސް ވައިޖެހިދާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;