ads
މަންދީ އަދި ސާޖިދާ
މަދަނީ މައްސަލައާއި މަންދީގެ ޖިނާއީ ތަހުގީގާ ގުޅުމެއް ނެތް: ގާނޫނީ ވަކީލު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކޯޓަށް ހުށަހެޅުއްވި މަދަނީ މައްސަލައާއި، އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)އާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގާ ގުޅުމެއް ނެތް ކަމަށް ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ބުނެފިއެވެ.
Advertisement

އާޒިމާ މިފަދައިން ބުނީ، އޭނާގެ ލޯފާމް "ރެހެންދި ޗެމްބާސް"ގެ ފަރާތުން ނެރުނު ބަޔާނެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ، އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން މަންދީ ދެއްކި ވާހަކަތަކާއި ގުޅިގެން ސާޖިދާ ސިވިލް ކޯޓަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓަށް ހުށަހެޅުއްވީ "މަދަނީ" މައްސަލައެއް ކަމަށެވެ. އެމައްސަލައިގައި ފުލުހުންގެ ތަހުގީގެއް ނުވަތަ އެއްވެސް ޖިނާއީ ދައުވާއެއް ވެސް އުފުލާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މެޑަމް ސާޖިދާގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް ހުށަހަޅާފައިވަނިކޮށް ފުލުހުން ވަނީ މަންދީގެ ޖިނާއީ ތަހުގީގެއް ފަށާފައެވެ.

ރެހެންދި ޗެމްބާސްގެ ބަޔާނުގައި ވަނީ، މަންދީއާއި ގުޅުވައިގެން މިހާރު މީސް މީޑިއާގައި ދައުރުކުރަމުން އަންނަ ވާހަކަތަކާއި މެދު ކަންބޮޑުވާ ކަމަށެވެ. އެގޮތުން މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނަ ޖިނާއީ މައްސަލައަކީ މެޑަމް ސާޖިދާ ހުށަހެޅުއްވި މައްސަލައެއް ކަމަށް ބުނެ މައުލޫމާތު ދައުރުކުރަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން މެޑަމް ސާޖިދާ އާއި ގުޅުވައިގެން މިހާރު ދައްކަމުން އަންނަ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ސާޖިދާ އިސްނެންގެވުމުގެ މަތިން ހިންގާ ޖިނާއީ ތަހުގީގެއް ކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. މިފަދަ ވާހަކަތައް ފެތުރުމުގެ ނަތީޖާއަކީ މައްސަލަތަކުގެ މަގުސަދު އާންމުންނަށް އޮޅުންކަން ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް