ads
ރާއްްޖޭން ކިޔެވި ޑޮކްޓަރުން - ފޮޓޯ/ އައިޖީއެމްއެޗްް
ރާއްޖޭން ކިޔެވި 20 ޑޮކްޓަރުންގެ ފުރަތަމަ ބެޗު ގްރެޖުއޭޓުވެއްޖެ
ދިވެހިރާއްޖޭގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ދިވެހި ދަރިވަރުންގެ ބެޗު އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު، ހިދުމަތަށް ނުކުންނަން ތައްޔާރުވެފައިވާ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފި އެވެ.
Advertisement

ހިދުމަތަށް ނުކުތުމުގެ އެ ޑޮކްޓަރުން ވަނީ އައިޖީއެމްއެޗުގައި އިންޓާންޝިޕެއް ފުރިހަމަކޮށްފަ އެވެ. އިންޓާންޝިޕުގައި ޑޮކްޓަރުން ވަނީ ބަލި މީހުންނާއި އެމަޖެންސީ ކޭސްތަކަށް އެޓެންޑުވެފަ އެވެ.

ގައުމީ ޔުނިވާސިޓީ އިން ޑޮކްޓާ އޮފް މެޑިސިން ޕްރޮގްރާމު ފެށީ މީގެ ހަތް އަހަރު ކުރިން 2018 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވާސިޓީ ކެބަންގްސާންއާ ގުޅިގެން އެ ޔުނިވާސިޓީގެ ކަރިކިއުލަމަށެވެ.

އެ ކޯހުގައި 22 ދަރިވަރަކު ފުރަތަމަ ބައިވެރިވި އެވެ. ކޯސް ފެށިއިރު، ބައެއް ސިލަބަސްތައް ކުރިއަށް ގެންގޮސްފައި ވަނީ މެލޭޝިޔާގަ އެވެ.

ފުރަތަމަ ބެޗުގެ މި ޑޮކްޓަރުންގެ ޓީމު އިންޓާންޝިޕް ފުރިހަމަކުރުމުގެ މުނާސަބަތުގައި އިއްޔެ އައިޖީއެމްއެޗްގައި ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ސިއްހީ ދާއިރާއަށް ލިބުނު ތާރީހީ ކުރިއެރުމެއްކަން އައިޖީއެމްއެޗުން ފާހަގަކޮށްފައިވެ އެވެ.

ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމްކުރަން ހުއްދަ ދިނީ 2017 ވަނަ އަހަރެވެ. ސްކޫލް އޮފް މެޑިސިން ރާއްޖޭގައި ގާއިމުކޮށް ޑޮކްޓަރުންގެ ފުރަތަމަ ބެޗުގެ ކިޔެވުން ފެށީ 2019ގަ އެވެ. ރާއްޖޭގައި މެޑިސިން ކިޔަވައިދެނީ މެލޭޝިއާގެ ޤައުމީ ޔުނިވާސިޓީ، ކެބަންސާން މެލޭޝިއާ (ޔޫކޭއެމް)ގައި ކިޔަވައިދޭ ކަރިކިއުލަމަށެވެ.

މެޑިސިން ކިޔެވުމުގެ ކޯހަކީ ފަސް އަހަރު ދުވަހުގެ ކޯހެކެވެ.  އެ ކޯހުގެ ފީއަކީ މަހަކަށް 1000 ޑޮލަރެވެ. ނަމަވެސް، ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން އެ ޔުނިވާސިޓީގައި ޑޮކްޓަރުކަން ކިޔަވައިދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް