
ފުލުހުން މަގުމަތި ބަލަހައްޓަނީ
ކެފޭއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި
މުހައްމަދު އާދަމް އަހްމަދު
21 އޭޕްރީލް 2025 - 18:14:21
މާލޭގެ ކެފޭއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މި މާރާމާރީގައި ޒަހަމްވެފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކަށްކަމަށެވެ. އަދި މި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީ ހިންގާފައިވަނީ މާފަންނުގައި ހުރި ކެފޭއެއްގައިކަމަށެވެ. އަދި މި މާރާމާރީގެ ރިޕPޓް ލިބިފައިވަނީ މިއަދު 15:38 ހާއިރުކަމަށް ފުލުހުން ބުނެއެވެ.
ފަހަކަށް އައިސް މާރާމާރީތައް ވަނީ އިތުރުވެފައެވެ. މިދދިޔަ ހަފްތާގައިވެސް ކެފޭއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަނީ ޒަހަމްކޮށްލާފައެވެ. އަދި މީގެ ދެ ދުވަސްކުރިން 18 އަހަރުގެ ކުދިންތަކެއް ވަނީ ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް