ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
މިނިސްޓަރު ސައީދު ނޫސްވެރިންނާއެކު ރައީސް އޮފީހުގައި
ޕޯޓު ނެތި ބަންކަރިން ފެށީ އަވަހަށް ހިދުމަތް ފެށުމަށް: މިނިސްޓަރު
ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފެށިފައިވަނީ ޕޯޓެއް ނެތި ކަމަށާއި، އެއީ މި ހިދުމަތް އަވަހަށް ފެށުމަށްޓަކައި ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ހިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ހާއްސަ ޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. "އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްގީކުރެވިފައިމިވަނީ، ޕޯޓެއް ނެތި ފެށީވެސް މިކަން އަވަހަށް ފެށުމަށް، އުތުރުގައި ޕޯޓު ތަރައްގީކުރުމުގެ މަސައްކަތްދަނީ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި އެކު ކުރެވެމުން" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ކަމަށާއި، އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވެއެވެ. 

މި ހިދުމަތް ދެމުންދަނީ އެސްޓީއޯއިން ކަމަށާއި، ބަންކަރިންގެ ވިޔަފާރިއާ ބެހޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދެއެވެ. މި ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. 

އެސްޓީއޯއިން ބަންކަރިންގެ ހިދުމަތް ދެނީ ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެން ކަމަށާއި، މި ހިދުމަތް ދިނުމަށް އެސްޓީއޯއިން ގެނައި 2 ބޯޓަކީ ގާތްގަނޑަކަށް 4,000 ޓަނުގެ ތެޔޮ އުފުލޭ ބޯޓުތަކެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް