ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް އަދި ޕްރައިމް މިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރަޝީދު އަލް މަކްތޫމް ވިދާޅުވިގޮތުގައި، މި އައު އިނިޝިއޭޓިވްގެ ސަބަބުން ގާނޫނީ ޕްރޮސެސްތައް ނިންމުމުގެ ދުވެލި 70 ޕަސަންޓަށްވުރެ އަވަސްވެގެންދާނެއެވެ.
ޔޫއޭއީގައި 200 ޤައުމަކުން އަންނަ މީހުން ދިރިއުޅޭއިރު، މި ޓެކްނޮލޮޖީ ބޭނުންކޮށް ގިނަ ބަސްތަކުން ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
މިއީ ޔޫއޭއީން ޓެކްނޮލޮޖީގެ ރޮނގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަނެއް މުހިންމު ފިޔަވަޅެކެވެ. ޔޫއޭއީއަކީ 2017 ވަނަ އަހަރު ދުނިޔޭގައި ފުރަތަމަ އޭއައި މިނިސްޓަރު އައްޔަނުކުރި ގައުމަށްވުމާއެކު، 2024 ވަނަ އަހަރު އަބޫދާބީގައި އޭއައި އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ ކައުންސިލެއް ގާއިމުކޮށްފައިވެއެވެ.