ads
ގައުމީ ޔުނިވާސިޓީން އިން "އެމްއެންޔޫ އިނޮވޭޓްހަބް" އިފްތިތާހުކުރީ މިދިޔަ އަހަރުގެ ޖުލައި 4
ވިޔަފާރިއެއް ފަށަން އެމްއެންޔޫއިން ފައިސާ ދެނީ
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން ގާއިމްކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އިންކިއުބޭޓަރުގައި ބައިވެރިވެ ވިޔަފާރި ފެށުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ގައުމީ ޔުނިވާސިޓީން އިން  "އެމްއެންޔޫ އިނޮވޭޓްހަބް" އިފްތިތާހުކުރީ މިދިޔަ އަހަރުގެ ޖުލައި 4 ގައެވެ. އެގޮތުން އެ ހަބްގެ ފުރަތަމަ ބެޗުގައި ހިމެނޭ 10 ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ފާހަގަކުރި ވޯލްޑް ކްރިއޭޓިވިޓީ އެންޑް އިނޮވޭޝަން ދުވަހާ ދިމާކޮށެވެ. 

އެމްއެންޔޫއިން ބުނީ އިންކިއުބޭޓަރުގައި އެންމެ ފުރަތަމަ ފޯރުކޮށްދެނީ 'ސީޑް ކެޕިޓަލް' ނުވަތަ އީޖާދީ ވިޔަފާރިއެއް ފަށަން ބޭނުންވާ ފައިސާކަމަަށެވެ. އެގޮތު ް ތިން ފަންތިއަކަށް ފައިސާ ދޭން ވަނީ ނިންމާފައެވެ. 

އެމްއެންޔޫއިން ފައިސާ ދޭ ތިން ފަންތިތައް

  1. އެންމެ ކުޑަކޮށް 50،000 ރުފިޔާ އާއި ހަމައަށް
  2. މެދު މިންވަރުގެ ފައިސާގެ ގޮތުގައި 225،000 ރުފިޔާއާއި ހަމައަށް
  3. މަތީ މިންވަރުގެ ފައިސާގެ ގޮތުގައި 500،000 ރުފިޔާއާއި ހަމައަށް

ފައިސާ އެންމެ ފުރަތަމަ ދޭނީ 20-50 އިންސައްތަ އާއި ހަމައަށް، ވިޔަފާރީގެ ލަނޑުދަނޑިތައް ހާސިލުކުރާ މިންވަރަށް ބަލައިގެންްކަމަށް އެމްއެންޔޫއިން ބުނެއެވެ. 

އެމްއެންޔޫއިން ބުނީ އިންކިއުބޭޓަރަށް ހުށަހަޅާ ފޯމުތައް އެ ޔުނިވާސިޓީއަށް ނުވަތަ މުޖުތަމައަށް މަންފާކުރަނިވި އަދި ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުން ގެނެސްދޭނެ ފަދަ ހިޔާލުތަކަށްކަމަށެވރ. އަދި އެމްއެންޔޫގެ ދުރު ރާސްތާގެ ޕްލޭނުގައިވާ މަގުސަދުތަކާ ގުޅުންހުރި ޕްރޮޕޯސަލްތަކަށް ވާން ޖެހޭނެކަމަށްވެސް އެ ޔުނިވާސިޓީން ބުނެއެވެ. 

މީގެއިތުރުން އދ.ގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ)އަށް ވެސް ފެތެން ޖެހޭނެކަމަށްވެސް އެމްއެންޔޫއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް