
އެންމެ ފިޓް ސިފައިންގެ މީހުން ހޮވައި "ހަށިހެޔޮކަމުގެ ކުލަ" ގެ ނަމުގައި އާ ޝަރަފްގެ ނިޝާނެއް އެމްއެންޑީއެފުން ތައާރަފުކުރީ ރޭގައެވެ. މި ޝަރަފުގެ ނިޝާން ތައާރަފުކޮށްދެއްވީ ސިފައިންނަށް 133 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރަައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިދިޔަ އަހަރުގެ އެންމެ ފިޓް ސިފައިންގެ މީހާގެ ގޮތުގައި ހޮވުނު ފަރާތްތައް
- އެންމެ ހަށިހެޔޮ އަންހެން ސިފައިންގެ މީހަކީ ކޯޕްރަލް އައިޝަތު ނާޒްނީން
- އެންމެ ހަށިހެޔޮ ފިރިހެން ސިފައިންގެ މީހަކަށް ހޮވިފައިވަނީ ސާޖަންޓް ހުސެއިން ފަޒީލް ހާރޫން
ކޯޕްރަލް އައިޝަތު ނާޒްނީން އަކީ ކްއާޓަރ މާސްޓާ ސާވިސްގައި މަސައްކަތް ކުރާ ސިފައިންގެ މީހެކެވެ. ސާޖަންޓް ހުސެއިން ފަޒީލް ހާރޫނަކީ މެރިން ޑިޕްލޯއިމެންޓް ޔުނިޓް3ގެ މުވައްޒަފަކެވެ.
މި ނިޝާނަކީ ނިޝާނަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދެވޭ ޝަރަފުގެ ނިޝާނެއްކަމަށް ގައުމީ ދިފާއި ބާރުން ބުނެއެވެ. މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފެހެއްޓުމަށް ހިތްވަރު ދިނުމަށާއި ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.