ads
އައިޖީއެމްއެޗް
ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާ ވެންޓިލޭޓަރުން ނަގައިފި
މާލޭގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ހާލު ކުޑަކޮށް ރަނގަޅުވުމުން ވެންޓިލޭޓަރުން ނަގައިފިއެވެ.
Advertisement

އުމުރުން 21 އަހަރުގެ މި ޒުވާނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. 

އައިޖީއެމްއެޗުން ބުނީ އެ ޒުވާނާގެ ހާލު ކުޑަކޮށް ރަނގަޅުވުމުން ވެންޓިލޭޓަރު ނަގާފައިވާކަމަށެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސްކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ އިއްޔެ ހެނދުނު 7:23 ހާއިރު ކަމަށެވެ. ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަކީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައީ ސިފައިންގެ އެހީތެރިކަމާއެކުއެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި ބާވަތުގެ ބޮޑެތި ތުހުމަތުތައް އަމާޒުކޮށް ވާހަކަތައް ދަނީ ދެކެވެމުންނެވެ. ބައެއް ތުހުމަތުތަކުގައި ބުނެފައިވަނީ އޭނާ ކޮއްޕާލައިގެން ފުރާޅުން ވެއްޓުނު ކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް