ސްޕެއިނުގައި ހިނގި ކާރު އެކްސިޑެންޓެއްގައި، ލިވަޕޫލަށް ކުޅެމުން އަންނަ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާ، މަރުވެފައިވާއިރު އޭނާގެ އުމުރަކީ އެންމެ 28 އަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި އެކްސިޑެންޓް ހިނގީ ސްޕެއިނުގެ ޒަމޯރާ ޕްރޮވިންސްގައެވެ.
މި އެކްސިޑެންޓްގައި ޖޮޓާގެ އިތުރުން، އޭނާގެ ކޮއްކޮ، އަންޑްރޭ ވެސް ކާރުގައި އިނެވެ. އެކްސިޑެންޓްވެ، ކާރުގައި އަލިފާން ރޯވިއިރު، ޖޮޓާގެ އިތުރުން، އަންޑްރޭ ވެސް މަރުވި ކަމަށް ސްޕެއިނާއި ޕޯޗުގީސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.
އެކްސިޑެންޓެއްގައި ޖޮޓާ މިއަދޔ މަރުވިއިރު، އޭނާ ކައިވެނި ކޮށްފައިވަނީ، މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ.