ހަބަރު /

ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްހަމީދު (34އ) އެވެ.
މާލެއިން ފުވައްމުލަކު މީހަކު ގެއްލިގެން ހޯދަނީ
މުހައްމަދު އާދަމް އަހްމަދު
03 ޖުލައި 2025 - 13:28:12
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް. ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްހަމީދު (34އ) އެވެ.
ފުލުހުން ބުނީ މިދިޔަ ޖޫން 25 ވަނަ ދުވަހުން ފެށިގެން ސާމީ ޢަބްދުލްހަމީދު ޚަބަރެއް ނުވެ ގެއްލިފައިވާކަމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ 18:16 އެހައިކަންހާއިރުކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވާކަމަށް ފުލުހުން ބުނެއެވެ.
ސާމީ ޢަބްދުލްހަމީދު އާބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ އަންގާދިނުމަށް ފުލުހުން އެދެއެވެ
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް