ads
ނޮޅިވަރަން ފަރަށް ބަދަލުވެ ބޯހިޔާވަހިކަން ނުލިބުނު މީހުންކުރި މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަންދޭ ބޯހިޔާވަހިކަމުގެ ބިލު މަޖިލީހަށް
މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް އިސްކަންދޭ ބޯހިޔާވަހިކަމުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދެވެ. މި ބިލު ފަރުމާކޮށްފައިވަނީ ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތްތަކަށް، ހާއްސަކޮށް މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ބޯހިޔާވަހިކަން ލިބޭނެ މަގު ފަހިކުރުމަށެވެ.

ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ އެވެ. އަދި ގައުމީ ސްޓްރެޓަޖީ އެކުލަވާލައި ތަންފީޒުކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ. މީގެ އިތުރުން، ހައުސިން މަޝްރޫއުތައް ހިންގާ ފަރާތްތަކުގެ އަސާސީ މިންގަނޑުތަކާއި، ހައުސިން ޔުނިޓްތަކުން ކޮންމެހެން ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ވަސީލަތްތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށްޓަކައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ދިރާސާތައް ކުރުމަށް މަގުފަހިކޮށްދިނުމަކީ ބިލުގެ މުހިންމު މަގުސަދުތަކުގެ ތެރެއިން އެއް މަގުސަދެވެ.

މި ބިލުގެ ދަށުން، ބިލަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހައުސިން މިނިސްޓްރީން ހަދަން ޖެހެއެވެ. މި ސާވޭގައި އެއިރެއްގައި ރާއްޖޭގައި ހުރި ބޯހިޔާވަހިކަމުގެ ދަތިތަކާއި، ކުރިއަށް އޮތް ތަނުގައި އެ ދަތިކަން އޮންނާނެ ކަމަށް ލަފާކުރެވޭ ގޮތާއި، އެކަމަށް ހޯދޭނެ ހައްލުތައް ދެނެގަންނަން ވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ފުރަތަމަ ސާވޭއަށްފަހު ކޮންމެ 10 އަހަރަކުން އެއް ފަހަރު މި ސާވޭ ހަދަން ޖެހޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް