ads
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުއިއްޒު ފުރާވަޑައިގަންނަވަނީ
ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އާދިއްތަ ދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވަނީ
ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އާދިއްތަ ދުވަހު މެލޭޝިއާއަށް ފުރާވަޑައިގަންނަވަގޮތަށް ހަމަޖެހިއްޖެއެވެ.
Advertisement

ރައީސް އޮފީހުން ބުނީ މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް އާދިއްތަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އެ ގައުމަށް ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް މުއިއްޒު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ އެއްބާރުލުމުގެ މައްޗަށް މަޝްވަރާކުރައްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ މެދުގައި ހިޔާލު ބަދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި މުހިންމު ދާއިރާތަކުން އެއްބާރުލުންދިނުމާ ގުޅުން ހުރި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން މެލޭޝިއާގެ އިންވެސްޓަރުންނާ އެކު ބާއްވާ ބިޒްނަސް ފޯރަމެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާއަށް ޒިޔާރަތްކުރައްވައި ތަގުރީރު ކުރެއްވުމާއި، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް