
މި މައްސަލަ ފެންމަތި ކުރީ ކުއްޖާގެ އާއިލާއިންނެވެ. އެ އާއިލާއިނ1 ބުނީ 4 އަހަރުގެ ކުއްޖާއަށް ހޮސްޕިޓަލުން ދީފައިވަނީ މުއްދަތު ހަމަވިތާ 16 މަހަށްވުރެ ގިނަ ދުވަސްވެ، ނައްތާލަން ޖެހިފައި އޮތް އައިވީއެއްކަމަށެވެ. އަދި އެކަން ފޮރުވަން ހޮސްޕިޓަލުން މަސައްކަތްކޮށްފައިވާ ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެއެވެ.
އެ ކުއްްޖާ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހާނިއާ އޮޕަރޭޝަނެއް ކުރަންކަމަށް އާއިލާއިން ބުނެއެވެ.
އާއިލާއިން ބުނީ އޮޕަރޭޝަން ތިއޭޓަރަށް ބަދަލުކުރުމަށް ފަހު އަނެއްކާވެސް ކުއްޖާގެ އަތަށް ގުޅި އައިވީ މާ ގިނައިރެއް ނުވަނީސް އޮޕަރޭޝަން ތިއޭޓަރުގެ ނަރުހެއް އައިސް ނައްޓާލިކަމަށެވެ.
އޭރު އައިވީ ފުޅި އަދި މުޅިން ހުސްނުވާކަމަށާއި އެހެން އައިވީ ފުޅިއެއް ގެނެސް އަލުން ގުޅާ ނަރުހުގެ ހަރަކާތްތައް ހުރި ގޮތުން އާއިލާއަށް ޝައްކުވެގެން ސުވާލުކުރިކަމަށެވެ.
އެހެންނަމަވެސް ފުޅިން ލީކެއް އުޅޭތީ އައިވީ ބަދަލުކުރީ ކަމަށް ބުނެ ނަރުސް ދޮގު ހަދާފައިވާކަން އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
އެންމެފަހުން އެ ފުޅީގެ ހަގިގަތް އެނގުނީ އެހެން ނަރުހެއްގެ ފަރާތުންކަމަށާއި އެ ނަރުހުގެ ވާހަކަތަކުން އެއީ ޖެނުއަރީ 2024ގައި މުއްދަތު ހަމަވެ އޭގެ ފަހުން 16 ވަރަކަށް މަސް ވެފައިވާ އައިވީއެއްކަން އެނގުނުކަމަށް އާއިލާއިން ބުނެއެވެ. އަދި މިކަން އެނގުނީ ސާޖަރީއަށް ފަހު ކުއްޖާ ތިއޭޓަރުން ނެރުނުވެސް ފަހުންކަމަށް އާއިލާއިން ބުނެއެވެ.
އެކަން އެނގި ކުއްޖާގެ މަންމަ އާއި ބައްޕަ މައްސަލަ ޖައްސަން ފެށުމުން ޑޮކްޓަރުންގެ ޓީމުން ވެސް ކުށަށް އިއުތިރާފުވެ، ކުއްޖާއަށް މުއްދަތު ހަމަވެފައިވާ އައިވީއެއް ދެވުނު ކަމަށް އެއްބަސްވި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މިކަމުގައި އައިޖީއެމްއެޗުން އަދި ވަކި އެއްޗެއް ނުބުނެއެވެ.